Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވޯލްޑް ކަޕްގެ ސެމީ ބަލާލުމުގެ ފުރުސަތު އުރީދޫން ދެނީ

އުރީދޫ މޯލްޑިވްސްގެ "ވޯލްޑް ކަޕް ފޯރީ 2022" ކެމްޕެއިންގެ ދަށުން ހަތަރު ނަސީބުވެރި ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީ ޑްރޯއެއް ފަށައިފި އެވެ.

އުރީދޫން ބުނީ އޮގަސްޓް މަހު އިއުލާނުކުރި ލަކީ ޑްރޯ މި މަހުގެ 31 ގެ ނިޔަލަށް ހަމަވާއިރު، އުރީދޫގެ މިހާރުގެ އަދި އަލަށް ގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ކޮންމެ ހަފުތާއަކު 10 ނަސީބުވެރިންނަށް ދެމުންނެވެ.

އުރީދޫއާ ޚިޔާރުކުރަންވީ ކީއްވެ؟

މުޅި ރާއްޖެއަށް 4ޖީ+ ނެޓްވޯކް ކަވަރޭޖްގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ދާދި ފަހުން ވަނީ މާލެ، ހުޅުމާލެ ފޭސް 1، ވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް 5ޖީ ކަވަރޭޖް ފުޅާކޮށް، އާބާދީގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.

އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ޓެލެކޮމް އިންޑަސްޓްރީގައި އެންމެ ހެޔޮ އަގުގައި އީޖާދީ އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެގޮތުން ތައާރަފް ކުރެވުނު އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ޑެއިލީ ޑޭޓާ ލިބޭ ގޮތައް ރާއްޖެއަށް ތައާރަފް ކުރެވުނު ފުރަތަމަ ޑޭޓާ ޕްލޭންސް ތަކެވެ.

މި ޕްލޭން ތަކާއެކު ކަސްޓަމަރުންނަށް ދުވަހަށް ބޭނުންވާ ޑޭޓާ އާއި އެއްގޮތައް އިންޓަނެޓަށް ކުރެވޭ ހަރަދު ފަސޭހައިން މެނޭޖްކޮށްލެވެ އެވެ.

އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ފޯރުކޮށްދީ، ފުރިހަމަ ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް ޓަކައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހޮޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއްގެނެސް، މާކެޓުގައި ހުރި އެންމެ ރަނގަޅު ޕްލޭންތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.

މިހާރުގެ ޕޯޓްފޯލިއޯގައި އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތަ ބޮޑެތި ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 30 އިންސައްތަ އިތުރު ޑޭޓާ އަދި ފަސޭހާ ބްރޯޑްބޭންޑް ޕްލޭންތަކަށް 25 އިންސައްތަ އިތުރު ޑޭޓާ ފޯރުކޮށްދީ، މުޅިއަކު 40 އިންސައްތައާއި ހަމައަށް އަގުތަށް ވަނީ ލުއިކޮށްފަ އެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު އެ ކުންފުނީގެ ފައިބަރ ސުޕަނެޓް ބްރޯޑްބޭންޑް ޕްލޭންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޮގޮތުން އާ ހަތަރު ޕްލޭނެއް ތައާރަފްކޮށް 100 އިންސައްތައަށް ޑޭޓާ އެލަވަންސް އިތުރުކޮށް އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ވެސް ވަނީ ދޭން ފަށާފަ އެވެ.

މި އަޕްގްރޭޑާއެކު ސުޕަނެޓް ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުން މިހާރު އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ބާޒާރުގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ދެމުންނެވެ. މީގެ އިތުރުން ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު އެޕްލިކޭޝަންތަކަށް ވެސް އެ ނެޓްވޯކުން ވަނީ ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށް ކަސްޓަމަރުންނަށް އިންޓަނެޓްގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ އަދި ދިވެހި ބްރޭންޑްތަކާއި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓާއި އޮފާތަކާއި އެއާޕޯޓު ލައުންޖުތަކަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން އީކޮމާސް ޕްލެޓްފޯމް މޫލީ އަދި އެމް-ފައިސާ ފަދަ ޑިޖިޓަލް ހިދުމަތްތަކާއެކު އުރީދޫއިން ކަސްޓަމަރުން ބާރުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ހިދުމަތްތަކާ ގުޅުވާލަދީ، ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދެ އެވެ.

އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާ ދެއްކުމާއި، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރައްވާ ކަސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ޝޮޕިން ކުރައްވާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތް ތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން ލަކީ ޑްރޯގެ ތެރޭގައި ހިމެނެ އެވެ. މި މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅުނު ކޮންމެ ކަސްޓަމަރަކު ވެސް ލަކީ ޑްރޯގައި ހިމެނި، ހަފުތާއަކު ހިތްގައިމު އިނާމުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒް ވެސް ލިބޭނެ އެވެ.