Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

މިއީ ހިންޏެއްގެ ފޮޓޯއެއް، ގަބޫލު ކުރެވޭތަ؟

މި ފޮޓޯ އަށް ނިކަން ރަނގަޅަށް ބަލައިލަބަލާށެވެ. ފެންނަނީ ކޯޗެއް ހެއްޔެވެ؟ އެއީ ހިންޏެއްގެ އަސްލު ފޮޓޯއެކޭ ބުނެފިއްޔާ ގަބޫލުކުރަން ހަމަ ގައިމު ވެސް ދަތިވެދާނެ އެވެ. އެހެން ވިޔަސް ހަގީގަތަކީ އެއީ އެވެ. ފޮޓޯގައި އެ ފެންނަކީ ހިންޏެކެވެ. ވަރަށް ކްލޯޒަޕް ޝޮޓެކެވެ.

އެކަމަކު ފޮޓޯ އަށް ފުރަތަމަ ބަލާލީމާ ވައްތަރީ އަތުކުރެހުމެއް ނުވަތަ ގްރެފިކްސްއަކާ ދޯ އެވެ؟ މީގެ ވާހަކަ މިހާރު ފޭސްބުކާއި އިންސްޓަގްރާމް އަދި ޓްވިޓާގެ ފީޑްތަކުން ވަރަށް ފެންނަލެއް ވަރަށް ގިނަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ފޮޓޯ އަށް ލިބި އޭގެ ވާހަކަ އެކި ގޮތްގޮތަށް އަންނަނީ ދެކެމުންނެވެ.

މި ފޮޓޯ އަކީ މި އަހަރު ބޭއްވި ނިކޯންގެ "ސްމޯލް ވޯލްޑް ފޮޓޯމައިކްރޮގްރަފީ ކޮމްޕެޓިޝަން" ހުށަހެޅި ފޮޓޯތަކުގެ ތެރެއިން އެންމެ މޮޅު 57 ފޮޓޯގެ ތެރެއިން އެއް ފޮޓޯ އެވެ. މި ފޮޓޯ ނަގާފައި ވަނީ ލިތުއޭނިއާގެ ފޮޓޯގްރާފެއް ކަމަށްވާ ޔުޖޭނިޖަސް ކަވަލިއަސްއެކެވެ. އޭނަ އަކީ ކުރިން ދޫނީގެ ފޮޓޯ ނަގަން ހާއްސަ މީހެކެވެ. އެކަމަކު މި މިބާރާތަށް ހުށަހެޅި ހިނީގެ ފޮޓޯ އަކީ މި މި ފަހުން މިފަދަ ސޫފިތަކުގެ ފޮޓޯ ނަގަން އުފެދުނު ޝައުގުވެރިކަމުގެ ތެރެއިން ނެގި ފޮޓޯއެކެވެ. ޔުޖޭނިޖަސްގެ އިންސްްޓަގްރާމްގައި މި ޒާތުގެ އެތައް ފޮޓޯއެއް އެބަހުއްޓެވެ.

މި އަހަރު ބޭއްވި 48 ވަނަ "ސްމޯލް ވޯލްޑް ފޮޓޯމައިކްރޮގްރަފީ ކޮމްޕެޓިޝަން" އަށް 72 ގައުމަކުން ގާތްގަނޑަކަށް 1،300 އެއްހާ ފޮޓޯ ހުށަހެޅި އެވެ. މުބާރާތުގެ އެންމެ މޮޅު ފޮޓޯގެ މަގާމު ޔުޖޭނިޖަސްގެ ފޮޓޯ އަށް ލިބުނަސް، ސޯޝަލް މީޑިއާގައި މިހާރު ގަދައަށް ދެކެވެނީ މި ފޮޓޯގެ ވާހަކަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފޮޓޯއަކަށް ހޮވުނީ ސްވިޑްންގެ ފޮޓޯގްރާފަރުން ކަމަށްވާ ގްރިޖޯރީ ޓިމިން އާއި މިކެލް މިލިންކޮވިޗް ނެގި ހޯނެއްގެ އަތެއްގެ ފޮޓޯ އެވެ.

މުބާރާތަށް ހޮވުނު ފޮޓޯތައް މި ލިންކުން www.nikonsmallworld.com ބަލައިލެވޭނެ އެވެ.