މުޅި ދުނިޔޭގައި ވެސް އެނަޖީ ޑްރިންކެއް ގޮތުގައި މަޝްހޫރު "ރެޑް ބުލް" ގެ ވެރިޔާ ޑިޓްރިޗް މެޓެސްޗިޒް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އޮސްޓްރިއާގެ ނުފޫޒު ގަދަ ވިޔަފާވެރިޔާ އުމުރުން 78 އަހަރުގައި މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ މަރުވީ ބަލިވެއުޅާތާ ދުވަސްތަކެއް ފަހުން ކަމަށް ވެސް ބުންޏެވެ.
— FIA (@fia) October 22, 2022
ޑިޓްރިޗްގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރޭސިން ދާއިރާގެ މީހުން ހިމެނެ އެވެ. "ރެޑް ބުލް" ބްރޭންޑާ އެކީ ޑިޓްރިޗަކީ ރޭސިންގެ ކުޅިވަރަށް ބޮޑު ހޭދައެއްކޮށް ފޯމިއުލާ 1 ގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މީހެކެވެ.
We are deeply saddened to hear of the passing of Dietrich Mateschitz. A man who loved our sport and challenges.
On behalf of everyone at Ferrari, we offer our condolences to his family and to our friends at @redbullracing and @AlphaTauriF1. Our thoughts are with them all. pic.twitter.com/WAJMnaD2c6— Scuderia Ferrari (@ScuderiaFerrari) October 22, 2022
މިލްކިއްޔާތު 25.4 ބިލިއަން ޑޮލަރަށް އަރާ ޑިޓްރިޗް މަރުވި އިރު، އޭނަގެ ހުރީ އެންމެ ދަރިއެކެވެ.