Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ފީނަން ނުކުތް ޒުވާނާ ފެނިއްޖެ، ފަރުވާ ދެނީ

އައްޑޫ ހިތަދޫން ފިނަން ނުކުތް ޒުވާނަކު މިއަދު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނި އަވަސް ފަރުވާ ދޭން ފަށައިފިއެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ސަދަން އޭރިއާ އިން ފަށައިގެން ކުރިއަށް ދަނިކޮށް ފެނިގެން މިހާރު ވަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންގޮސްފަ އެވެ. އެމްއެންޑީއެފަށް އެ ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 11:30 އެހާކަށްހާ އިރު އެވެ.

އެނގިފައިވާ ގޮތުގައި ގެއްލުނު މީހާ އާއި އިތުރު މީހަކު މަސް ހިފަން ފީނަން ފޭބީ އައްޑޫގެ ފަޅުރަށެއް ކަމަށްވާ ކަނޑިހެރަ ދިމާއަށެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.