އިންޑިއާހެ ހިންދޫން ވަރަށް ކުލަގަކޮށް އޮކްޓޯބަރުގައި ފާހަގަކުރާ ދިވާލީ އެމެރިކާގެ ނިއު ޔޯކްގައި އަންނަ އަހަރުން ފެށިގެން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ފަސް ދުވަހަށް ދެމިގެންދާ ގޮތަށް ހިންދޫން މީގެ އެތައް ގަރުނެއް ކުރިން ފާހަގަކުރަމުން އަންނަ ދިވާލީ ފާހަގަކުރަނީ އޮކްޓޯބަރު 20-24 އަށް އަށެވެ. ކުލަބޮކިތަކާއި ދިއާތަކާއި ހަދިޔާތައް ބަދަލުކުރުމާއި ގުޅުން ބަދަހިކުރުންތަކާ އެކީ އިޖުތިމާއީ ބޮޑު އީދެއްގެ ގޮތުގައި ދިވާލީ ފާހަގަކުރާ އިރު، އޭގެ ރަސްމީ ދުވަހަކީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހެވެ.
Establishing #Diwali as a school holiday is a long overdue acknowledgment of our Hindu, Sikh, Jain, and Buddhist communities. We are going to encourage our children to learn about the Festival of Lights, and how to turn a light on within yourself. pic.twitter.com/NMETsh6ncT
— Mayor Eric Adams (@NYCMayor) October 21, 2022
ދެލައްކަ އަށް ވުރެ އިންޑިއާގެ ތަފާތު އެކި ދީންތަކުގެ މީހުން ދިރިއުޅެމުން އަންނަ ނިއު ޔޯކްގައި އަންނަ އަހަރުން ފެށިގެން ދިވާލީ ރަސްމީ ބަންދު ދުވަހެއްގައި ގޮތުގައި ހަމަޖެއްސިކަން އެ ސިޓީގެ މޭޔަރު އެރިކް އެޑަމްސް މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރުމާ ގުޅިގެން އެމެރިކާގެ މީހަކާ ކައިވެނިކޮށް އެ ގައުމުގައި ދިރިއުޅޭ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވެސް އެކަމަށް މަރުހަބާ ކިޔައި އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
އޭނަ ބުނި ގޮތުގައި ނިއު ޔޯކްގައި ދިވާލީ ރަސްމީ ބަންދު ދުވަހަކަށް ހެދުމަކީ ވަރަށް ކުރިންސުރެ ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
Thank you for the outpouring of support and celebration about my announcement today with @NYCMayor and @DOEChancellor on Diwali becoming a school holiday. For more details, see my press release. #GetStuffDone pic.twitter.com/MoGKwk5Kp4
— Jenifer Rajkumar (@JeniferRajkumar) October 20, 2022
މިކަމާ ބެހޭ ގޮތުން އިންޑިއާ ދަރިކޮޅުގެ ނިއު ޔޯކް ސްޓޭޓް އެސެމްބްލީގެ މެމްބަރު ޖެނިފާ ރާޖްކުމާރު ވިދާޅުވީ މި ބަދަލު ވާނީ ނިއު ޔޯކްގެ ދަރިވަރުންނަށް ވެސް އަންނަ އަހަރުން ފެށިގެން ވަރަށް ހާއްސަ ދުވަހަކަށް ކަމަށެވެ.