Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

އައްޑޫގައި ފީނަން ފޭބި ޒުވާނަކު މަރުވެއްޖެ

އައްޑޫގައި މިއަދު ފީނަން ފޭބި ޒުވާނާ އަށް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެނިކޮށް މެންދުރު ފަހު 1:00 ހާއިރު މަރުވީ ހިތަދޫ ފެހިވިނަ ތޮލާލް އަހުމަދު، 24، އެވެ.

އޭނަ އާއި އިތުރު ދެ މީހަކު މިއަދު ހެނދުނު ޑިންގީއެއްގައި މަސް ހިފަން ނުކުމެ ފީނީ އައްޑޫގެ ފަޅުރަށެއް ކަމަށްވާ ކަނޑިހެރައާ ދިމާއަށެވެ. ފީނަން ފޭބި ފަހުން ތޮލާލް ޚަބަރެއް ނުވެގެން އެކަން އެމްއެންޑީއަށް ރިޕޯޓްކުރީ ހެނދުނު 11:30 އެހާހަށްކާ އިރު އެވެ. އެއާ އެކީ އޭނާ ހޯދަން އެމްއެންޑީއެފް ސަދަން އޭރިއާ ފެށި އެވެ. އަދި މެންދުރު 12:00 ޖަހައި ބޮޑުވި ފަހުން ތޮލާލް ފެނި، އޭނާ އޭއީއެޗަށް ގެންގޮސް އަވަސް ފަރުވާދޭން ފެށި އެވެ. ތޮލާލް ފެނުނީ ފީނަން ފޭބި ސަރަހައްދުގެ 19 މީޓަރު އަޑިންނެވެ. އަދި އޭނާ ފެނުނީ ހޯދާތާ ގާތްގަނަޑަކަށް 45 ވަރަކަށް މިނިޓް ފަހުންނެވެ.

އެމްއެންޑީއެފުން ބުނީ ތޮލާލު ފެނުނީ އޭނާ ހޯދަމުން ދަނިކޮށް އާންމުންގެ ބަޔަކަށް މެންދުރު 12:18 އެހާކަށްހާ އިރު ކަމަށެވެ. އަދި ފެނުމާ އެކީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ އެހީތެރިކަމާ 12:30 ގައި ތޮލާލް ހިތަދު އަށް ގެންގޮސް، އެމްބިއުލާންސްގައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ތޮލާލް ރަށަށް އައީ ރިސޯޓް ވަޒީފާގައި އުޅެފައި ޗުއްޓީއަކަށެވެ.