Last Updated: May 3, 10:07
Saturday, May 3, 2025
ޚަބަރު

އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ

އެކްސިޑެންޓްގައި އަނިޔާވި އައިޝަތު ދީދީ؛ ފޮޓޯ: ވީއޯއެމް

ސ.މީދޫގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ ސ. ހުޅުމީދޫގައި ހުންނަ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވެ ފަރުވާ ދެމުން ދަނީ މީދޫ، ހުދުފަޅު، އައިޝަތު ދީދީއަށް ކަމަށެވެ.

އައިޝަތު ދީދީ އެކްސިޑެންޓްވީ ދަރިފުޅު ގޮވައިގެން ހިނގާފައި ސްކޫލަށް ދަނިކޮށް ފަހަތުން އައި ސައިކަލަކުން ޖެހިގެންނެވެ. މަންޒަރު ދުށްމީހަކު ބުނީ އެކްސިޑެންޓްވީ އައިޝަތު ދީދީ ނުބަލާ މަގު ހުރަސް ކުރަން އުޅުމުގެ ތަރޭ ފަހަތުން އައި ސައިކަލް ކޮންޓްރޯލް ނުވެ ޖެހިގެންނެވެ.

މިހާދިސާގައި އައިޝަތު ދީދީ ވެއްޓި ބޯ ބިންމަތީ ޖެހި އެކިވަރުގެ އަނިޔާ ވަނީ ވެފައެވެ. އަދި އޭނާ އިތުރު ފަރުވާއަށް ހިތަދޫއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ސައިކަލް ދުއްވި ފަރާތަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މީދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.