Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ޓޫރިޒަމް އެވޯޑާ ގުޅޭ ބެޖެއް ތައާރަފުކޮށްފި

އަލަށް މި އަހަރު ފާހަގަކުރި ގައުމީ ޓޫރިޒަމް ދުވަހާ ގުޅިގެން ތައާރަފުކުރި "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ވިނާ ބެޖް" ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ބެޖެއް ތައާރަފުކޮށްފި އެވެ.

ވަކިވަކިން ރަން ކުލަ އާއި ރިހި ކުލައިގައި ތައާރަފުކުރި މި ބެޖްތަކަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ދިން "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ހާސިލު ކުރި ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ބެޖެކެވެ.

މިނިސްޓްރީން ބުނީ އެކި ކެޓަގަރީތަކުން "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ހާސިލްކުރި ފަރާތްތަކުން ޕްރޮމޯޝަންތަކާއި ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް އެ ބެޖު މިނިސްޓްރީން އެވޯޑްތައް ލިބުނު ބޭފުޅުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

"މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" 27 ފަރާތަކަށް ދީފައިވެ އެވެ.