އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސް އިން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ.
މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެފްއޭއެމުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.