Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ބައިސްކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އައްޑޫ ހިތަދޫން ބައިސްކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހިތަދޫގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލް، އައިއެމްޑީސީގެ ގޯތިތެރޭގައި ބަހައްޓާފައި ހުއްޓައި އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ބައިސްކަލު ވަގަށް ނެގި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެ ހޯދަން ކުރި މަސައްކަތުން ބައިސްކަލު ފެނި، ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ބައިސްކަލް ހޯދުނީ ސީސީޓީވީ ފުޓޭޖްގެ އެހީގައި ކަމަށެވެ.

ބައިސްކަލް ވަގަށް ނެގި މައްސަލާގައި 52 އަހަރުގެ މީހަކު ހައްޔަރުކޮށް، ހިތަދޫ ޕޮލިސް ސްޓޭޝަނުން މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.