ރާއްޖޭގެ އިގުދިސާދު ކުރިއެރުވުމަށްޓަކައި ޓެކްސް ބޮޑު ނުކޮށްފި ނަމަ ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވިލިފުށީ ދައިރާގެ މެމްބަރު ހަސަން އަފީފްގެ ސުވާލަކަށް މިއަދު ޖަވާބު ދެއްވުމަށް މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކުރެއްވި ސުވާލަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު ކުރިއަރަމުން އަންނަ ކަމަށެވެ
އެގޮތުން އެކަންކަމާ ގުޅޭ ގޮތުން އޭރަކު އަޅަން ޖެހޭ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ދުނިޔޭގެ ބާޒާރުގައި ރާއްޖެ އަށް ފައިނޭންސް ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ޔޫރަޕުގައި ދިރިއުޅުމުގެ ޙަރަދުތައް ބޮޑުވެފައިވާ އިރު، އެމެރިކާ ފަދަ ޤައުމުތަކުގައި އިންފްލޭޝަން މައްޗަށް ޖެހުމާ އެކީ އިންޓްރެސްޓް ރޭޓް މަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭ އަކީ "ލަކީ" ޤައުމެއް ކަމަށް ވިދާޅުވެ އަމީރު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 41.6 ޕަސެންޓް ކުރިއެރި ކަމަށެވެ. އަދި މި އަހަރު އިގުތިސާދު 13 ޕަސެންޓް ކުރިއަރާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއާއެކީ ވެސް ހަރަދުތައް ވެސް އިތުރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ޢުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށް ދެ އެވެ. އެހެންވެ އެތެރެއިން އާމްދަނީ ލިބޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާމްދަނީ އިތުރު ނުކުރެވޭ ނަމަ ޕީއެސްއަޕީ ގިނަ މަޝްރޫޢުތައް ހުއްޓާލަން ޖެހިދާނެ ކަމަށެވެ. މީގެ ސަބަބުން އިގުތިސާދު އަރިއަރާ މިންވަރު އިތުރަށް ދަށްވެގެން ދާނެ ކަމަށާއި އޭގެ ސަބަބުން އިގުތިސާދު ފަހަތައް ގޮސް ދާނެކަމުގެ ބިރު ވެސް އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ މި ނިންމުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކު ފަދަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް މަރުހަބާ ކިޔާފައިވެ އެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް، ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ދާދި ފަހުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދިޓީ-ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުކުރަން ސަރުކާރުން ހުށަހަޅާފައިވެ އެވެ.