Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ޖަޕާންގެ ފުޓްބޯޅަ ތަރި މަސޯޓާ މަރުވެއްޖެ

ޖަޕާންގެ މަޝްހޫރު ފޯވާޑް މަސާޓޯ ކޫޑޯ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ގައުމުގެ ޓެގަވަޖާރޯ މިޔަޒާކީ އަށް ނިސްބަތްވާ 32 އަހަރުގެ ކުޅުންތެރިޔާ މަރުވީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މަސާޓޯ މަރުވީ ސިކުނޑީގެ އޮޕަރޭޝަނެއްކޮށްފައި ވަނިކޮށް ދިމާވި ކޮމްޕްލިކޭޝަންތަކަކާ ގުޅިގެން ވެއްޓި، މި މަހުގެ 3 ގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

އޭނަގެ މަރާ ގުޅިގެން ޖަޕާންގެ ފުޓްބޯޅަ ކޮމިއުނިޓީން މިހާރު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ޖަޕަނީސް ޕްރޮފެޝަނަލް ފުޓްބޯލް ލީގް އިން ބުނީ މަސާޓޯގެ ވަކިވުމަކީ މުޅި ކުޅިވަރު ކޮމިއުނިޓީ އަށް ލިބުނު ދެރައެއް ކަމަށާއި މިއީ ޖަޕާނުގެ ފުޓްބޯޅަ އަށް ވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.

ޓޯކިއޯ އަށް މަސާޓޯ މަރުވުމާ ގުޅިގެން ކުރިން އޭނަ ކުޅުނު އޮސްޓްރޭލިއާގެ ޓީމެއް ކަމަށްވާ ބްރިސްބޭން ރޯރް އިން ވެސް ހިތާމަފާޅުކޮށްފައިވެ އެވެ. އެ ޓީމަށް އޭނަ ކުޅުނު 2020-2021 އަށެވެ.

ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ބިނާކުރި މަސާޓޯ އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ކުޅުނީ 2010 ގެ އޭޝިއަން ގޭމްސްގަ އެވެ. އޭރު އޭނަ ހިމެނުނީ 21 އަހަރުން ދަށުގެ ޓީމްގަ އެވެ. އޭގެ ފަހުން މަސާޓޯ ގައުމީ ސީނިއާ ޓީމާ ގުޅުނީ 2013 ގަ އެވެ.

އޭނަގެ ކެރިއަރުގައި ޖުމްލަ 320 މެޗެއް ކުޅެ، 106 ގޯލު ޖަހާފައިވެ އެވެ.