Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ހޯރަފުށީ މަގު ހެދުމުގެ 57 ޕަސެންޓް ނިމިއްޖެ

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަން އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތުގެ %82 ނިންމާލެވިފައިވާ ކަމަށެވެ. ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ތާރު އެޅުމުގެ މަސައްކަތާއި ކާރބް ގައު ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.