Last Updated: June 9, 13:32
Tuesday, June 9, 2026
ޚަބަރު

ވިޔަފާރި ޕްރޮފައިލް ޝީޓް މިހާރު އޮންލައިންކޮށް

އަތޮޅު ފިހާރަތައް ހުންނަ ސަރަހައްދަު -- ފޮޓޯ / ވީނިއުސް

ވިޔަފާރި ޕްރޮފައިލް ޝީޓް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި އާއި ޕާޓްނާޝިޕާއި ކުންފުނިތައް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުގެ ޕްރޮފައިލް ޝީޓް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މިއީ ވިޔަފާރިތަކާ ގުޅޭ މުހިންމު މައުލޫމާތު ހިމަނައިގެން ތައްޔާރުކުރާ ޝީޓެކެވެ.

އާންމުކޮށް ވިޔަފާރިތަކުގެ ނަމުގައި ބޭންކު އެކައުންޓު ހުޅުވުމާއި މިފަދަ އެހެނިހެން ޙިދުމަތްތައް ހޯދުމަށް މި ޕްރޮފައިލް ޝީޓް ބޭނުންވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ،ވިޔަފާރި ޕްރޮފައިލް ޝީޓް މިހާރު ކޮންމެ ވިޔަފާރިއަކަށް ވެސް އަމިއްލައަށް ބޭނުންވާ މައުލޫމާތަކާ އެކީ ވަގުތުން ނެގޭނެ ކަމަށެވެ. އެގޮތުން ސްޓޭންޑާޑް ޕްރޮފައިލް ޝީޓާއި އިތުރު މައުލޫމާތު ހިމަނައިގެން ވެސް ޕްރޮފައިލް ޝީޓް ނެގޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެވެ. އަދި އޮންލައިންކޮށް ދޫކުރާ މި ޝީޓުގެ މައުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ހާއްސަ ކޯޑެއް އެކުލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރީން ވިޔަފާރި ޕްރޮފައިލް ޝީޓް ދޫކުރަމުން އައީ އިކޮނޮމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ. ނަމަވެސް ހިދުމަތް ބިޒްނަސް ޕޯޓަލްގައި ތަޢާރަފް ކުރެވުމާ އެކީ، ދެން މިނިސްޓްރީގެ ކައުންޓަރުން ޝީޓް ދޫނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީކުރުމާއި ބޭނުންވާ ހުރިހާ ހުއްދަތަކަށް އޮންލައިންކޮށް އެދުމަށް މަހުފަހިވެފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ވެސް ޕޯޓަލް މެދުވެރިކޮށް ދިނުމެވެ.