Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ބީއެމްއެލްގެ "ކާނިވާ ސާޅީސް" ނޮވެމްބަރުގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އަންނަ މަހު 40 އަހަރު ފުރޭތީ އެކަމާ ގުޅުވައިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން "ކާނިވާ ސާޅީސް" ގެ ނަމުގައި އަންނަ މަހު ހުޅުމާލޭގައި އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

ގައުމީ ބޭންކުގެ އެ ބޭންކްގެ އަހަރީ ދުވަސް ކަމަށްވާ އަންނަ މަހުގެ 11 ވަނަ ދުވަހު އެ އިވެންޓް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ކަމަށެވެ.

"ކާނިވާ ސާޅީސް" ގެ ތެރޭގައި އެތައް ކަމެއް ކުރިއަށްދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އޭގެ ތެރޭގައި ގޭމްތަކާއި ހަވާއެރުވުމާއި މިއުޒިކާއި އެކި ކަހަލަ ކާނާތައް ތަޖުރިބާކޮށްލުން ފަދަ ކަންކަން ހިމެނެ އެވެ.