ޗާގޯސް މައްސަލައާ މެދު ރާއްޖޭން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަނެއްކާ ވެސް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ޗާގޯސް މައްސަލާގައި ރާއްޖޭން މޮރިޝަސް އިން ހުށަހަޅައިވާ ހުށަހެޅުމަށް ބުރަވާ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކީ ޖަމީލު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މިކަމަކީ ރައީސް ސޯލިހު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެކަމުގެ ހެކި ވެސް ފެންނަން އެބަހުރި ކަމަށެވެ.
ޢަމަލުކުރައްވަނީ ޤަސްދުގައި ޤައުމަށް ގެއްލުންދޭން. ބަފައިބެއިން ފެށިގެން ޢާއިލާއިން ދީފައިވާ އަނިޔާ ފެންނަން އެއޮތީ. އަދިވެސް މި ކޯލިޝަން ސަރުކާރުގައި؟ ފޮތިފޮތިކޮށް އެންމެ ފަހުން ސަރަހައްދު ވިއްކަން ފެށީ."
ފެންނަން މިއޮތީ އިބޫ ހިންގާފައިވާ ޖަރީމާ. މިއީ ރޭވިގެން ކޮށްފައިވާކަމެއް. އަމިއްލައަށް އެދިގެން މިއޮތީ ކޮށްފައި. ރައީސް ޞާލިޙަކީ ޤަޢުމިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި ވައިރަސް. އެއީ މި ޖީލުގެ އަނދިރި އަނދިރިން. pic.twitter.com/Bki7oJlRm8
— Mohamed Jameel Ahmed (@MJameelAhmed) October 25, 2022
"އަމިއްލަ އަށް އެދިގެން މިއޮތީ [އެކަން] ކޮށްފައި. ރައީސް ސޯލިހަކީ ގަޢުމިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި ވައިރަސް. އެއީ މި ޖީލުގެ އަނދިރި އަނދިރިން." އޭނާ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވި ގޮތުގައި ޗާގޯސް މައްސަލައިގައި ރައީސް އަމަލު ކުރައްވަނީ ގަސްދުގައި ޤައުމަށް ގެއްލުންދޭށެވެ.
"ބަފައިބެއިން ފެށިގެން ޢާއިލާއިން ދީފައިވާ އަނިޔާ ފެންނަން އެ އޮތީ. އަދިވެސް މިކޯލިޝަން ސަރުކާރުގައި؟ ފޮތިފޮތިކޮށް އެންމެ ފަހުން ސަރަހައްދު ވިއްކަން ފެށީ." އޭނާ ވިދާޅުވި އެވެ.
ޗާގޯސް މައްސަލައިގައި ރ. @ibusolih ޢަމަލުކުރައްވަނީ ޤަސްދުގައި ޤައުމަށް ގެއްލުންދޭން. ބަފައިބެއިން ފެށިގެން ޢާއިލާއިން ދީފައިވާ އަނިޔާ ފެންނަން އެއޮތީ. އަދިވެސް މިކޯލިޝަން ސަރުކާރުގައި؟ ފޮތިފޮތިކޮށް އެންމެ ފަހުން ސަރަހައްދު ވިއްކަން ފެށީ. pic.twitter.com/2Gx7ADOBi5
— Mohamed Jameel Ahmed (@MJameelAhmed) October 25, 2022
ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތަށް އިދިކޮޅުން ވރަށް ބޮޑަށް ފާޑުކިޔަމުން އަންނަ އިރު، ސަރުކާރުން ތަކުރާރުކޮށް އަންނަނީ ދިފާއުގައި އެކި ކަހަލަ ބަޔާންތައް ނެރެ، އެކި މޭރުމުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން ރާއްޖެ އަށް އެއްވެސް ގެއްލުމެއްވާ ގޮތަކަށް އަމަލުކުރަން ނިންމާފައިވާ ކަމަށް އަންނަނީ ބުނަމުންނެވެ.
ރާއްޖެ އާއި ޗާގޮސްގެ އެކްސްކްލޫސިވް އިކޮނިމިކް ޒޯން (އީއީޒެޑް) އާ ފުށުއަރާ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމާ އެކީ، ރާއްޖެ އިން ވަކާލާތު ކުރަމުން އައީ ޗާގޮސް އަކީ އިނގިރޭސިވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދެއް ކަމަށެވެ. އެހެންވެ އެ މައްސަލައިގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސިވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެއީ މޮރިޝަސްގެ ބައެއް ގޮތުގައި ނިންމައިފަ އެވެ.