Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

އެންމެ ބޮޑު "ހަޑިގިއްލާ" މަރުވެއްޖެ

ފެންނުވަރައި ބައިގަރުނަށް ވުރެ ގިނަ ދުވަހު އުޅެގެން ދުނިޔޭގެ ސަމާލުކަން ލިބުނު "ދުނިޔޭގެ އެންމެ ބޮޑު ހަޑިގިއްލާ" މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިރާން ދެކުނު ޕްރޮވިންސެއް ކަމަށްވާ ފާސްގައި އުޅުނު ގެ އަމޫ ހާޖީ ކިޔާ ފިރިހެން މީހާ މަރުވީ އުމުރުން 94 އަހަރުގައި މިދިޔަ އާދީއްތަ ދުވަހު އެވެ. އަދި އޭނާ މަރުވެފައި ވަނީ އެތައް ޒަމާނެއް ވަންދެން ފެންނުވަރައި އުޅުމަށް ފަހު، އަލަށް ފެންވެރިތާ މަސްތަކެއް ފަހުންނެވެ. އަމޯ ބުނެފައިވާ ގޮތުގައި އޭނަ ފެން ދެކެ ވަރަށް ބިރު ގަނެ އެވެ. ފެންވަރައިފި ނަމަ ބަލިވެދާނެކަމުގެ ބިރައްޓަކައި ފެންނުވަރަނީ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާ ދަތް ވެސް ނޫގުޅައި 35 އަހަރަށް ވުރެ ގިނަ ދުވަހު އުޅުނު ކަމަށް ބުނެފައިވެ ވެ.

އަމޫ ދިރިއުޅެމުން އައީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ހަތަރެސްކަން ގޮޅިއެއް ކަހަލަ ތަނެއްގެ ތެރޭގައި ކުޑަވަރެއްގެ ހޮހަޅައެއްގެ ހަދައިގެން އޭގެ ތެރޭގަ އެވެ. އަމޫ ބުނި ގޮތުގައި އޭނަ އާންމު އިންސާނުންނާ ހިލާފަށް އުޅެން ދިމާވީ ވަރަށް ޒުވާން އުމުރުގައި ދިމާވި ހިތްދަތި ކަންތައްތަކާ ހެދި އެވެ.

އޭނަގެ ވާހަކަ 2014 ގައި ތެހެރާން ޓައިމްސް އިން ގެނެސްދިނުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.