Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޓޫރިސްޓުންގެ ރައްކަލަށް ފިޔަވަޅުތަކެއް އަޅަން އެދިއްޖެ

ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމް ޕީކް ސީޒަނަށްވާތީ ރާއްޖޭގެ ހުރިހާ ޓޫރިސްޓް ހުރިހާ ފެސިލިޓީއަކުން ވެސް އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެ އެވެ.

މިކަމަށް އެދި މިނިސްޓްރީން ވަނީ ސަމާލުކަންދޭންވީ މުހިއްމު ކަންތައްތަކެއް ވެސް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. އެއީ ކުއްލި ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ އިމަޖެންސީ ޕްލޭން ގަވާއިދުން މުރާޖާކޮށް ތަންފީޒުކުރުމާއި ޓޫރިސްޓުން ޗެކްއިންވާއިރު، ސަލާމަތާ ގުޅޭ ޖެނެރަލް ބްރީފިން އާއި އަދި މޫދު ހަރަކާތެއް ފެށުމުގެ ކުރިން އެ ހަރަކާތަކާ ގުޅޭ ތަފުސީލީ ސަލާމަތީ ބްރީފިން އެ މީހުންނަށް ދިނުމުގެ އިތުރަށް މޫދު ކުޅިވަރުގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގަވާއިދުން ޓްރެއިނިން އާއި އެވެއާނަސް ޕްރޮގްރާމްތައް ހިންގުމެވެ.

މިނިސްޓްރީން ބުނީ އަމާޒަކީ ރާއްޖެ އަށް ޒިޔާރާތްކުރާ ހުރިހާ ޓޫރިސްޓުންނާއި އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުރުން ކަމަށެވެ.