Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

އެންމެ ގިނައީ ކުޑަކުދިންގެ އަނިޔާގެ މައްސަލަތައް

މިދިޔަ މަހު ޖެންޑަ މިނިސްޓްރީ އަށް 219 މައްސަލައެއް ރިޕޯޓްކުރި ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ އަށް މިދިޔަ މަހު ހުށަހެޅީ މައްސަލަތަކާ ގުޅޭ އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 މައްސަލައިގެ ތެރެއިން 92 މައްސަލަ އަކީ ކުޑަކުދިންނަށް ތަފާތު އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަތަކެވެ. އެގޮތުން އެެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކާއި ޖިންސީ ހާނިއްކައިގެ މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކެވެ. ހިމެނެއެވެ. މިދިޔަ މަހުގެ ތެރޭގައި އެއިން ކޮންމެ ދާއިރާއަކުން 19 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ ގޮތުގައި ކުޑަކުދިންނާ ގުޅުން ހުރު މައްސަލަތަކުގެ ތެރެއިން ނަފުސާނީ ހާނިއްކައިގެ 18 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުމުގެ 10 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ތިން މައްސަލައަކާއި ބްލެކްމެއިލް ކުރުމުގެ ދެ މައްސަލައެއްގެ އިތުރުން ފުރައްސާރައިގެ ޝިކާރަކައަކަށްވުމުގެ ދެ މައްސަލަ ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 13 މައްސަލައަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ފަސް މައްސަލައަކާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ފަދަ އަމަލުގެ ގޮތުގައި ވެސް މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާ އާއި އާއިލީ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި ނުކުލެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި އިހުމާލުވުން ފަދަ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން، ވަކި ޖިންސަކަށް ނިސްބަތްވީތީ އަނިޔާކުރުމުގެ 36 މައްސަލައަކާއި އާއިލީ މައްސަލަތަކާ ގުޅުން ހުރި 30 މައްސަލައަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ 19 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ހަތަރު ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ އިރު ފޮސްޓަ އާއިލާތަކާ ދެ ކުއްޖަކު ވަނީ ހަވާލުކޮށްފައިވާ ކަމަށް ވެސް ޖެންޑަ މިނިސްޓްރީން ބުންޏެވެ. އަދި އެވެ. ސެޕްޓެމްބަރު ނިމުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި 186 ކުދިން އެބަތިއްބެވެ. އެއީ 79 އަންހެން ކުދިންނާއި 107 ފިރިހެން ކުދިންނެވެ.