Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ޗަންދުރިކާ އަވަހާރަކޮށްލަން އުޅުނު ބަޔަކަށް މައާފު!

ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު ޗަންދުރިކާ ކުމާރަތުންގާ އަވަހާރަކޮށްލަން އުޅުމުގެ ކުށް ސާބިތުވެ، ޖަލަށްލީ ބަޔަކަށް މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންވި އަފޫއާންމުގެ ދަށުން މިނިވަންކޮށްފި އެވެ.

ލަންކާގެ މީޑިއާތަކުން ބުނީ މިދިޔަ ޖުލައި މަހުގެ 20 ގައި ރައީސްކަމަށް ވަޑައިގެންނެވި ރަނިލް މައާފު ދެއްވި މީހުންގެ ތެރޭގައި ޖުމްލަ އަށް އަށް މީހަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން ތިން މީހުންނަކީ ޗަންދުރިކާ އަވަހާރަކޮށްލުމުގެ ކުށް ސާބިތުގެ ޖަކި ހުކުމް ތަންފީޒުކުރަމުން ދިޔަ ތިން މީހެކެވެ.

އެ މީހުންނަށް މައާފު ދެއްވާފައި ވަނީ ރައީސަށް ލިބިދޭ ބާރުގެ ދަށުން އެޓާނީ ޖެނެރަލް އާއި ޖަސްޓިސް މިނިސްޓަރުގެ އިތުރުން މަޖިލީހުގައި ތަމްސީލުކުރައްވާ ތަމަޅަ މެމްބަރުންތަކެއްގެ މަޝްވަރާ އާއި ލަފާ ވެސް ހޯދައިގެން ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި މިނިވަންކުރި ތިން މީހުންނަށް ރަނިލް މައާފު ދެއްވުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން ޗަންދުރިކާއާ ވެސް މަޝްވަރާކޮށް، އެކަން ކުރީ އެ ކަމަނާގެ ރުހުން ވެސް ލިބިގެން ކަމަށް ރައީސްގެ ސެކްރެޓަރީ ސަމަން އެކަނަޔަކަ ވިދާޅުވި އެވެ.

ޗަންދުރިކާ އަވަހާރަކޮށްލަން އުޅުމުގެ ކުށް ސާބިތުވެ ޖަލަށްލީ ތިން މީހަކު ދޫކޮށްލި އިރު އެ ތިން މީހުން ޖަލަށްލީ 30 އަހަރަށެވެ. އަދި މައާފު ދިން އިރު 22 އަހަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.

މިހާރު އުމުރުން 77 އަހަރުގެ ޗަންދުރިކާ އަކީ ލަންކާގެ ރައީސްކަން 1994-2005 އަށް ކުރެއްވި ބޭފުޅެކެވެ. އެކަމަނާ ބޮޑުވަޒީރުކަން ކުރެއްވީ 1994 ގައި ކުރި މުއްދަތަކަށެވެ. ޗަންދުރިކާ އަކީ ލަންކާގައި ކުރިން ވަރަށް ނުފޫޒު ގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ.

މިހާރުގެ ރައީސް ރަނިލް މި ހަފުތާގައި މައާދު ދެއްވި އަނެއް ފަސް މީހުންނަކީ ކުރީގެ ޓައިގަރު ޖަމައާތް، އެލްޓީޓީ އަށް ނިސްބަތްވާ ބައެކެވެ.