އެމެރިކާގެ ރެޕާ އަދި ވިޔަފާވެރިޔާ ކަންޔޭ ވެސްޓާ އެކީ ޕާޓްނަޝިޕް ހަދާފައިވާ ހުރިހާ ކުންފުނިތަކެއްހެން އޭނަ ދޫކޮށްލުމާ ގުޅިގެން އާމްދަނީ އަށް އައި ވެއްޓުމާ އެކީ ބިލިއަނަރެއްގެ މަގާމު ގެއްލިއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ރިލިއަޓީ ޝޯ ތަރި، ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާގެ މިލްކިއްޔާތު އެންމެ ފުރަތަމަ ބިލިއަނަކަށް އެރީ 2020 ގަ އެވެ. ފޯބްސް އިން އެ އަހަރުގެ އެޕްރީލް މަހުގެ ބުނެފައިވާ ގޮތުގައި އޭރު ކަންޔޭ، 45، ގެ މިލްކިއްޔާތު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާ އެކީ އޭރު އޭނަވެގެން ދިޔައީ ހިޕް-ހޮޕް މިއުޒިޝަނުންގެ ތެރެއިން ފޯބްސްގެ ލިސްޓުން ޖާގަ ލިބުނު ދެވަނަ އަށް އެންމެ ތަނަވަސް ފަންނާނެވެ. ފުރަތަމަ ޖާގަ ހޯދި ފަންނާނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ފިރިމީހާ ޖޭ-ޒީ އެވެ.
Kanye West no longer has a place on the Forbes billionaires’ list now that his lucrative deal with Adidas is over. https://t.co/StIIlUElJ6 pic.twitter.com/1os5pubVH8
— Forbes (@Forbes) October 25, 2022
ކަންޔޭއާ އެކު ޕާޓްނަޝިޕް ހެދި ކުންފުނިތައް އޭނައާ މިހާރު ފެއަށް ޖެހި، ވިޔާރިތަކަށް އައި ވެއްޓުމާ އެކީ ފޯބްސް އިން ބުނީ ކަންޔޭގެ މިލްކިއްޔާތު 1.5 ބިލިއަނުން 400 މިލިއަން ޑޮލަރަށް މިހާރު ވެއްޓިފައިވާ ކަމަށެވެ. ކަންޔޭގެ ފަރާތުން ފެންމަތިވަމުން އައި ތަފާތު އެކި ކަހަލަ މައްސަލަތަކާ ހެދި އޭނައާ ގުޅުން ކަނޑާލި ކުންފުނިތަކުގެ ތެރޭގައި އެޑިޑާސް، ބެލެންޝިއާގާ، ގެޕް އަދި ވޯގް ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ.
މި ކުންފުނިތަކުން ކަންޔޭއާ އޮތް ގުޅުން ނިމުމަކަށް ގެންނަން ނިންމި މައިގަނޑު ސަބަބަކީ ނަސްލީ ގޮތުން ފުރައްސާރަކުރުން ފަދަ މައްސަލަތައް ފެންމަތިވަމުން ދިއުމެވެ.
ވިޔަފާރި އަށް އައި ވެއްޓުމާ އެކީ ކަންޔޭ އަށް ބިލިއަނަރެއްގެ މަގާމު ގެއްލުނު އިރު، އޭނަ ދައުވާކުރާ ގޮތުގައި އަމިއްލަ މިލްކިއްޔާތު 7 ބިލިއަން ޑޮލަރަށް އަރަ އެވެ.