ފެނަކައިގެ ސީއެސްއާރުގެ ދަށުން އައްޑޫ ހިތަދޫ އަވަށު އޮފީހުގެ އެކްސްޓެންޝަން އިމާރާތާއި އޮފީހުގެ ރިނޮވޭޝަން މަސައްކަތް ފަށައިފި އެވެ.
އެ މަސައްކަތް ފަށްޓަވައި އެތަނުގެ ބިންގާ މިއަދު ވަނީ އަޅައިފަ އެވެ. މަސައްކަތް ފަށްޓަވައި ދެއްވާފައި ވަނީ ފެނަކަ އައްޑޫ އޮފީހުގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލުގެ ހިތަދު އަށް ނިސްބަތްވާ ކައުންސިލަރުންނެވެ.
މިމަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު، ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރު ވިދާޅުވެފައި ވަނީ މި މަސައްކަތަކީ ހިތަދޫ އަވަށު އޮފީހުގެ މުވައްޒަފުންނަށް ރައްޔިތުންނަނަށް ޙިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިކަމަށް ލިބިގެންދާ ދައިމީ ހައްލެއް ކަމަށެވެ.
ހިތަދޫ އަވަށު އޮފީހަށް މިގުތު އެންމެ ބޮޑަށް ދިމާވެފައިވަނީ ޖާގައިގެ ދަތިކަމެވެ. އެގޮތުން ހިދަތޫ އަވަށު އޮފީހުން ދޭން ޖެހޭ ޙިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް މިކަމުގެ ސަބަބުން އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އަވަށު އޮފީހުން ބުނެ އެވެ.
ފެނަކއިގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ މިމަސައްކަތުގެ ތެރޭގައި ހިތަދޫ އަވަށު އޮފީހުގެ ބައެއް މަރާމާތު މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައިވެ އެވެ. އަވަށު އޮފީހުގައި ހިތަދު އަށް ނިސްބަތްވާ ކައުންސިލަރުން ތިއްބަވާނެ ޖާގަ އެކްސްޓެންޝަން އިމާރާތުގެ ތެރެއިން އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ.
މި ވަގުތު ހިތަދު އަށް ނިސްބަތްވާ 6 ކައުންސިލަރުން ވެސް މަސައްކަތް ކުރައްވަން ޖެހެނީ އަވަށު އޮފީހުގައި ޖާގަ ނެތުމުގެ ސަބަބުން ކައުންސިލް އިދާރާގަ އެވެ. މީގެ އިތުރުން އައު ކައުންޓަ އޭރިއާއަކާއި، އިތުރު ޑިޕާޓުމެންޓުތަކަށް އިތުރު ޖާގަ މި މަސައްކަތުގެ ތެރެއިން ލިބިގެން ދާނެ އެވެ.