Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

އިމްރާން ގައުމަށް ގައްދާރެއް ނުވާނެ: އިޔާޒް

މަގާމެއްގެ ދަހިވެތިކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އިއްޔެ އިމްރާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސަކީ މަގާމުގެ ދަހިވެތިކަމުގައި، އަދި އެ ނޫން ވެސް ސަބަބަކަށްޓަކައި ދީނަށާއި ގައުމަށް ގައްދާރު ބޭފުޅެއް ނޫން ކަމަށެވެ.

"އެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް. ފިތުނަފަސާދަ އުފައްދަން ދޮގުފެތުރުން ހުއްޓާލާ." ޝިޔާމް ޓެގް ކުރައްވައި އިޔާޒް ވިދާޅުވި އެވެ.

ޝިޔާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމްރާނަކީ ކޮނޑުހުޅު ނެއްޓޭ ވަރަށް ކަރުދާސްތަކެއް ހިއްޕަވައިގެން މޭޑޭގައި ވެސް އެތައް ގޮވެލިތަކެއް ގޮވި މީހެއް ކަމަށެވެ.

"ޑރ. އަފްރާޝީމް އަލީ މަރާލުމުގައި ބައިވެރިވީ މި ވެނި ބައެކޭ. މަޖިލީހުގައި އެ ސުވާލު ކުރުމުން ވިދާޅުވީ ކަރުދާސްތައް ޕޮލިހުން އަތުލައިފިޔޭ،" އޭނާ ވިދާޅުވި އެވެ. "މަގާމުގެ ދަހިވެތިކަމުގައި ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެ."

އޭނާ މި މިރޭމުން އިމްރާނާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަން އިއްޔެ ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޗާގޯސް މައްސަލައާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް ދިފާއު ކުރައްވައި ދެެއްކެވި ވާހަަތަކާ ގުޅިގެންނެވެ.