Last Updated: April 25, 22:42
Friday, April 26, 2024
ވިޔަފާރި

އީލޮން އެންމެ ފަހުން ޓްވިޓާ ގަނެފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ޓްވިޓާ ބައްލަވައިގެންފި އެވެ.

މީޑިއާތަކުން ބުނީ އޭނާ އެންމެ މުއާމަލާތް ނިންމަވާލެއްވީ 44 ބިލިއަން ޑޮލަރަށް ކަމަށެވެ. އަދި އެކަމާ ގުޅުވައިގެން އީލޮން ކުރެއްވި ޓްވީޓެއްގައި ޓްވިޓާ ޒަމްޒުކޮށްދޭ ދޫންޏާ ގުޅުވައިގެން ވިދާޅުވީ "ދޫނި މިހާރު މިނިވަންވެއްޖެ" ކަމަށެވެ.

އީލޮން ޓްވިޓާ ބައްލަވައިގެންފައި މި ވަނީ މި އަހަރުގެ ކުރީކޮޅު އެކަން އިއުލާންކުރެއްވުމަށް ފަހުން، ޓްވިޓާ ބައްލަވައިގަތުން ހުއްޓަވާލެއްވުމަށް ފަހު އެވެ. އެކަމާ ގުޅިގެން ޓްވިޓާ އިން ކޯޓަށް ވެސް ދިޔަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޓްވިޓާގެ މުއާމަލާތް މިހާރު ރަސްމީކޮށް ނިންމަވާލެއްވުމަށް ފަހު، އީލޮން ވަނީ ޓްވިޓާގެ ސީއީއޯގެ މަގާމާ މި އަހަރު ހަވާލުވެވަޑައިގަރް ޕަރާގް އަގަރްވާލްގެ އިތުރުން ކުންފުނީގެ އިސް އެގްޒެކެޓިވުންތަކެއް ވެސް މަގާމުން ވަކިކުރައްވައިފަ އެެވެ. އޭގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު ނެދު ސެގަލް އާއި ޕޮލިސީ އެގްޒެކްޓިވް ވިޖާޔާ ގަޑޭ ހިމެނެ އެވެ.

ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ. އެ ބައްލަވައިގަތް އީލޮން، 51، ގެ މިލްކިއްޔާތު 219.6 ބިލިއަން ޑޮލަރަށް އަރަ އެވެ.