Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

މިދިޔަ އަހަރުގެ ޖުމްލަ އަދަދަށް ވުރެ ގިނަ ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު އައި ޖުމުލަ އަދަދަށް ވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އިއްޔެ ނިޔަލަށް 1،317،573 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައީ 1.32 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން 186،388 މީހުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 159،657 މީހުން އައިސްފައިވެ އެވެ.

ރާއްޖޭގެ 166 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 40،389 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 872 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 157 ސަފާރީއެއްގައި 2900 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.