Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ޕެލޯސީގެ ފިރިކަލުންނަށް ހަމަލާ ދިނީ މަރުތޭލަކުން

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީގެ ފިރިކަލުން ފޯލް ޕެލެސޯ އަށް މަރުތޭލަކުން ދިން ހަމަލާތަކެއްގައި ޒަހަމްވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ހުކުރު ވިލޭރޭގެ މެންދަމު ސެން ފްރާންސިސްކޯގައި ހުންނަ ޕެލޯސީ ގޭގައި ހިނގި މި ހާދިސަގައި ޕޯލް، 82، ގެ ބޮލަށާއި އަތަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވ. އަދި އޭނަ އަށް ފަރުވާދެމުން އަންނަ އިރު ހާލު ރަނގަޅު ކަމަށް މީޑިއާތަކުން ބުންޏެވެ. ފިރިކަލުންނަށް ހަމަލާދިން އިރު، ޕެލޯސީ ހުންނެވީ ވޮޝިންޓަންގަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޭގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ގެއަށް ވަން ވަން ޑޭވިޑް ޑެޕަޕޭ ކިޔާ 42 އަހަރުގެ މީހާ ޑިމާންޑްކުރީ ޕެލޯސީއާ ބައްދަލުކޮށް ދިނުމަށެވެ. އަދި އޭނަ އަންނަންދެން ގޭގައި މަޑުކުރާނެ ކަމަށް ބުނެ، ޕޯލް ބަންނަން ވެސް މަސައްކަތްކޮށްފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ހަމަލާދިން މީހާ އަތުލައި ގަނެ، ފުލުހުންނާ ހަވާލުކުރީ

ފުލުހުން ބުނީ ޕޯލް އަށް ހަމަލާދިން މީހާ މަގުސަދަކަށްވީ އޭނާ އަވަހާރަކޮށްލުން ކަމަށާއި އެކަމަކު މިފަދަ ކަމެއް އޭނަ ކުރި ސީދާ ސަބަބެއް އަދި ސާފުނުވާ ކަމަށް ފުލުހުން ބުންޏެވެ. ޑޭވިޑަށް ވެސް އޮތީ ހޮސްޕިޓަލްގަ އެވެ.

ސެން ފްރަންސިސްކޯގެ ޕޮލިސް ޗީފް ވިލިއަމް ސްކޮޓް ވިދާޅުވި ގޮތުގައި ހަމަލާދިން ޑޭވިޑަށް މިހާރު ވަނީ ގަސްތުގައި މީހަކު މަރާލަން އުޅޫމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޫމާއި ވައްކަންކުޔރުން ފަދަ ދައުވާތައް އުފުލައިފަ އެވެ.

ޕެލޯސީގެ ފިރިކަލުންނަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުށްވެރި ކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލައްވައިފަ އެވެ. އަދި ޕެލޯސީ އަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެ ހަމަލާ އަކީ އަންނަ މަހުގެ 8 ގައި މިޑްޓާމް އިލެކްޝަން ބާއްވާތީ އެކަމާ ދިމާކޮށް ސިޔާސީ ގޮތުން ޕެލޯސީ އަށް ރާވައިގެން ދިން ހަމަލާއެކެވެ.