ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފ. ބިލެއްދޫ ދާއިރާގެ މެމްބަރު އަދި ސ. މަރަދޫފޭދު އަށް ނިސްބަތްވާ އަހްމަދު ހަމްޒާ އާއި އިތުރު ބައެއްގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި ހަމްޒާގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދަޢުވާ ކޮށްފައި ވެ އެވެ. މީގެ އިތުރުން ހަމްޒާގެ މަސްލަހަތު އޮންނަ ވީއޭ ޕްރައިވެޓް ލިމިޓެޑާއި މެދުފުށީގެ މައްޗަށް ވެސް ދަޢުވާ ކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
ބީއެމްއެލް އިން ސިވިލް ކޯޓުގައި މި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްފައި ވަނީ ކިހާ އަދަދެއްގެ ލޯނެއް ނުދައްކައިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެހެން ނަމަވެސް އެއީ ރިސޯޓެއް ތަރައްޤީ ކުރުމަށް ވީއޭގެ ފަރާތުން ނަގާފައިވާ ލޯނެއް ކަމަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވެ އެވެ.