Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ގަން އެއާޕޯޓްގައި އިމަޖެންސީ އެކްސަސައިޒެއް

އައްޑޫ އެއާޕޯޓް އޮންނަ ގަން މަތިން ފެންނަ ގޮތް.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އަންނަ މަހު ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު ބުނީ "އެކްސަސައިޒް މާރަނގަ 22" ގެ ނަމުގައި ބާއްވާ އެ ހަރަކާތް ކުރިއަށް ދާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް ކަމަށެވެ.

މި އެކްސަސައިޒް ކުރިއަށްދާ ވަގުތުގެ ތެރޭގައި އެއާޕޯޓްގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓައިލަން ހަމަޖެހިފައިވާ އިރު، އެކްސަސައިޒް ނިމެންދެން އޭގައި ހަރަކާތްތެރިވާ ބައިވެރިންނާއި އުޅަނދުތައް ފިޔަވައި އެހެން ހުރިހާ އެއްޗިއްސަށް ގަމުގެ ކޯޒްވޭ ފެށޭ ހިސާބު ގަން އާންމުންނަށް ބަންދުވާނެ އެވެ.

އޭއައިއޭ އިން ބުނީ އެކްސަސައިޒް ނިންމާލައި އާދައިގެ ހާލަތަށް ގަން ގެނެސް ނޮވެމްބަރު މަހުގެ 2 ގެ މެންދުރު ފަހު 3:00 ގެ ފަހުން އެއާޕޯޓްގެ އޮޕަރޭޝަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ގަން އެއާޕޯޓްގައި މިފަދަ އެކްސަސައިޒްތަކެއް ބާއްވާފައިވެ އެވެ.