އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން މީދޫގެ ކްލަބް ލޮތާރި ބަލިކޮށް ފޭދޫ ސްޕޯޓް ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ފުރަތަމަ މެޗު ފޭދޫ ސްޕޯޓްސް ކާމިޔާބުކޮށްފައިވަނީ 2-5 ގެ ނަތީޖާއަކުންނެވެ.
ބޯ ވިއްސާރައިގައި ކުޅުނު މިމެޗުގައި ދެ ޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވެއެވެ. މިމެޗުން ފެދޫ ޓީމު ކަމީޔާބު ވުމާއެކު މުބާރާތުގެ ގްރޫޕް އޭ ގެ ފުރަތަމަ 3 ޕޮއިންޓް އެޓީމަށް ވަނީ ލިބިފައެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ކްލަބް ލޮތާރީގެ ގޯލު 33 ވަނަ މިނެޓުގައި ފޭދޫ ޓީމުގެ ޔޫސުފް ސިދާމް އަލީ ވަނީ ފޭދޫ ޓީމަށް ހުޅުވައި ދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ދެވަނަ ލަނޑެއް ކާމިޔާބުކޮށް އޭނާ ވަނީ ފޭދޫ ޓީމަށް ހިނދެމިލާނެ ފުރަސަތެއް ހޯދައި ދީފައެވެ. ފުރަމަތަ ހާފު ނިންމާލާފައި ވަނީ މި ނަތީޖާއާއި އެކީގައެވެ.
މެޗުގެ ދެވަނަ ހާފަށް މީދޫއަށް ނިސްބަތްވާ ކްލަބް ލޮތާރި އެރީ އައު ހިއްވަރަކާއި އެކު މެޗު އަނބުރާ ހޯދުމަށެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އަދި 57 ވަނަ މިނެޓުގައި ދެ ލަނޑު އެ ޓީމުގެ އަހުމަދު ސަބާހު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދިނެވެ. މިއާއެކު ފޭދޫ ޓީމުން އިތުރު ހިއްވަރެއް ލައި މެޗުގެ ނަތީޖާ އަނެއްކާވެސް އަނބުރާލުމަށް މަސައްކަތް ފެށިއެވެ.
މިމަސައްކަތް ކާމިޔާބުކޮށްދިނީ ފޭދޫ ޓީމުގެ ހުސެއިން ގައްސާން ލަބީބު 63 ވަނަ މިނެޓުގައި ޖެހި ގޯލާއެކުއެވެ. މިމެޗުގައި ފޭދޫ ޓީމުގެ 5 ވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖަހައި އެޓީމަށް ފަރަޤު ބޮޑުކޮށްދިނީ އަހުމަދު ބަލްސަމް އަލީއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ފޭދޫ ޓީމު ތިން ލަނޑުގެ ފަރަޤަކާއި އެކު ކުރީގައި އޮވެގެންނެވެ.
މިމުބާރާތުގައި މާދާމާ ކުޅޭނީ ގްރޫޕް ބީ ގެ ފުރަތަމަ މެޗެވެ. މިމެޗުގައި ބައްދަލު ކުރާނީ މަރަދޫ އެފްސީ އަދި ފާހި ސްޕޯޓްސް ކްލަބެވެ. މިމެޗު އޮންނާނީ މާދަމާ 4:00 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.
އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކުރާ މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.