Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ބުއްދިވެރީ މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުން: ތޯރިގް

މެމްބަރު އަހުމަދު ތޯރިގު- ފޮޓޯ: ރައީސް އޮފީސް

އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގް މިފަދައިން ވިދާޅުވެފައިވަނީ، ޗާގޯސްގެ މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އާންމު ކުރެއްވި ލިޔުމާ ގުޅޭ ހަބަރެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ތޯރިގް ވިދާޅުވެފައިވަނީ، އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެންނައުން ކަމަށެވެ. އަދި ބަންޑާރަނައިބު އިބްރާހިމް ރިފްއަތުއަށް ދަންނަވައިގެން ކޯޓްގައި "ކުރިން ބުނިއެތި ކެންސަލް ކަމަށް ދެންނެވުން" ކަމަށެވެ.

" އެކަން އެގޮތަށް ކުރެއްވިޔަސް ޤައުމަށް ޤައްދާރުނުވާކަމަށް ނުވާނެއެވެ." ތޯރިގްގެ ޓްވީޓްގައިވެއެވެ.

ޗާގޯސްގެ މައްސަލައިގައި ސަރުކާރުން ސްޓޭންޑް ބަދަލުކުރިކަމަށްބުނެ ގިނަ ބަޔަކު އަންނަނީ އެކަން ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އޭގެތެރޭގައި ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތައްވެސް ހިމެނެއެވެ. މިމައްސަލައިގައި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ މިކަމުގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ނުކުރާ ކަމަށެވެ.