Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ލަންކާގެ ކޯސްޓް ގާޑްގެ ވެރިޔަކަށް ޕުޖިތަ

ސްރީ ލަންކާގެ ކޯސްޓް ގާޑްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ރިއާ އެޑްމިރަލް ޕުޖިތަ ވިތަނަ މިއަދު އައްޔަންކޮށްފި އެވެ.

އޭނާއާ މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ލަންކާގެ ޑިފެންސް ސެކްރެޓަރީ ޖެނެރަލް ކަމަލް ގުނަރަތުނަ އެވެ.

ޕުޖިތަ ލަންކާގެ ނޭވީއާ ގުޅިަވަޑައިގެންނެވީ 1988 ގަ އެވެ. އޭގެ ފަހުން އޭގެ ފަހުން މަގާމުގެ ކުރިއެރުންތައް ހޯއްދަވަމުން އޭނާ ސަބް ލެފްޓިނަންޓަންގެ މަގާމަށް ވަޑައިގެންނެވީ 1990 ގަ އެވެ. ޕުޖިތަށް ރިއާ އެޑްމިރަލްގެ މަގާމު ލިބިވަޑައިގަތީ މި އަހަރުގެ ޖުލައި މަހުގެ 9 ގަ އެވެ.

އަސްކަރީ ދާއިރާ އިން މިހާތަނަށް ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޕުޖިތަ އަކީ ކަނޑާއި ވައިގެ ދާއިރާ އިން ތަޖުރިބާ ހޯއްދަވާފައި ބޭފުޅެކެވެ.