ޓޫރިޒަމްގެ ފީކް ސީޒަނާ ދިމާކޮށް ރަޝިއާގެ ޗާޓަރު އެއާލައިން، އަޒުރު އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެވަނަ މާކެޓްގެ ގޮތުގައި އޮތް ރަޝިއާގެ މި އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ހުކުރު ދުވަހު ފެށީ ޔޫރަޕް ސަރަހައްދަށް ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށެވެ. އަޒުރު އެއާ އެކީ ކުރިން ވެސް ފިނި މޫސުމަށް ރާއްޖެ އަށް ދަތުރުތައް ބާއްވަމުން އަންނަ އެއާލައިނެކެވެ.
Hi there @AzurAir 👋🏻
Once again, we are thrilled to have you back with us for the winter season! 😁
🇷🇺 ✈️ 🇲🇻 #VelanaAirport | #VisitMaldives pic.twitter.com/h92V4cziwC— Velana Airport (@VelanaAirport) October 28, 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އަޒުރު އެއާގެ ދަތުރުތައް ހަފުތާގެ ހުރިހާ ދުވަހެއްގައި ރާއްޖެ އަށް ބާއްވާނެ ކަމަށެވެ. ދަތުރުތަކަށް އެއާލައިނުން ބޭނުން ކުރަނީ 336 މީހުންގެ ޖާގައިގެ
ބޭނުން ކުރާނީ ބޮއިންގ 767 މަރުކާގެ ބޯޓެކެވެ.
ރާއްޖެ އަށް މިހާރު އުދުހޭ އެއާލައިންތަކުގެ އަދަދު 28 އަށް އަރަ އެވެ