Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން މާދަމާ

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މާދަމާ ބާާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރަނީ ޖުމުލަ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިހިނގާ 2022 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.