Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

އަރުޝަދު ބަންދުކޮށްގެން ހާޒިރުކުރަން ނެރުނު އަމުރު ބާތިލު

އަރުޝަދު

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއްކަމަށް ތުހުމަތު ކުރެވިފައިވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު ބަންދުގައި ބަހައްޓައިިގެން ހައި ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ބާތިލުކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

އަރުޝަދު ހާލިދާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވާފައިވަނީ މިއަދުއެވެ.

އަރުޝަދު ހާލިދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ، އަރުޝަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން 7 ޖޫން 2022 ގައި ނެރެފައިވާ ކޯޓު އަމުރެކެވެ. އެ އަމުރު އަރުޝަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާގެ ފަރާތުން އެދިފައިވަނީ ހައި ކޯޓުގެ އަމުރަކީ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިމައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޖޫން ހަތްވަނަ ދުވަހު ހައި ކޯޓުން ނެރުނު އަމުރުގެ ކުރިން އޭނާއަށް ހާޒިރުވާން އަންގައި ނެރެފައިވާ އަމުރެއް ނެތް ކަމަށާއި، އެހެންކަމުން އެއަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދެވެ.