Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މަތީ ދަރަޖަ ހޯދާ މީހުންގެ އިނާމު ޖުމްހޫރީ ދުވަހު

މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ އިނާމު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުން މިއަދު ބުނީ މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ މެޑެއްޔާއި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، އެއް ވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް ދޭ ހާއްސަ މެޑެލް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސް ދެއްވާ އިނާމު މި ފަހަރު ދިނުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.