Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

އަލަމްގީރާ ގުޅުން ހިންގި އިތުރު މީހަކަށް ހުކުމެއް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގައިގެން ދައުވާކޮށް، ކުށް ސާބިތުވި އިތުރު މީހަކަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެގޮތުން ތިން މަހުގެ ޖަލު ހުކުމަކާއި ހަތް މަހަށް ގޭބަންދަށް ހުކުމްކޮށްފައި ވަނީ ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުން އައި މަހުމޫދު ރިޔާޒް ކިޔާ މީހެއްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ބުނީ އޭނަގެ މައްޗަށް ހަ މަހާއި 20 ދުވަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރެވެން އޮތަސް މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަދަބުގެ ބޮޑު ބައި ގޭބަންދަށް ބަދަލުކުރުމަށް ކަމަށެވެ.

އެހެންވެ މަހުމޫދު ޖަލު ހުކުމެއްގެ ގޮތުގައި ތަންފީޒުކުރަން ޖެހޭނީ ތިން މަހާއި 10 ދުވަހެވެ. އަދި ގޭބަންދުގައި ތަންފީޒުކުރަން ޖެހޭނީ ހަ މަހާއި 20 ދުވަސް ކަމަށް ހުކުމުގައިވެ އެވެ.

އަލަމްގީރާ ގުޅުން ހިންގައިގެން ކުށް ސާބިތުވެ ކުރިން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ހިމެނެ އެވެ. ނާޒިމަށް އިއްވީ ތިން މަހާއި 26 ދުވަހުގެ ގޭބަންދުގެ ހުކުމެކެވެ. ދޮންދިގަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

އަލަމްގީރާ ގުޅުން ހިންގައިގެން ދައުވާކުރި މީހުންހެ ތެރޭގައި މުހައްމަދު ނަޝީދު (ކާނަލް) ވެސް ހިމެނެ އެވެ. އޭނަގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.

ގިނަ އަދަދެއްފެ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް ހަތް މަހަށް އަދި އޮރިޔާކާޑު އުފެއްދި މައްސަލައިގައި ތިން އަހަރާއި ނުވަ މަހަށް ޖަލަށްލާފައިވެ އެވެ.