ކ. އަތޮޅު މާފުށީ ކައުންސިލްގެ މެމްބަރުން ތަޖުރިބާ ދަތުރެއްގައި އަައްޑު އަށް ވަޑައިގެންފި އެވެ.
އެ ކައުންސިލުން ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ އަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ކައުންސިލާ ބައްދަލުކޮށްފައިވެ އެވެ. މާފުށީ ކައުންސިލުން އައްޑު އަށް ކުރާ ތަޖުރިބާ ދަތުރުގައި ކައުންސިލްގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތަށް ބަލާނެ އެވެ. އެގޮތުން ކައުންސިލް އިދާރާ އާއި އެތަނުގެ ދަށުން ހިންގަމުން އަންނަ އަވަށު އޮފީސްތަކުގެ މަސައްކަތްތައް ވެސް ބަލާނެ އެވެ.
މީގެ އިތުރުން މި ދަތުރުގެ ތެރެއިން މާފުށީ ކައުންސިލުން އައްޑޫގެ ހާއްސަ ތަންތަނަށް ވެސް ޒިޔާރަތްކޮށް، އިދާރީ ގޮތުން ކަންކަން ރޭވިފައިވާ ގޮތް ގާތުން ތަޖުރިބާކުރާނެ އެވެ. އައްޑު އަށް އައުމުގެ ކުރިން މާފުށީ ކައުންސިލް ފުވައްމުލަކަށް ވެސް ތަޖުރިބާ އަށް ދިޔަ އެވެ.
މާފުއްޓަކީ ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ ރަށެވެ.
މި މަހުގެ ތެރޭގައި ގދ. މަޑަވެލި ކައުންސިލް ވެސް ތަޖުރިބާ ދަަތުރެއް އައްޑު އަށް ކުރި އެވެ.