Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އެސްޓީއޯ އަށް 168 މިލިއަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ އިން ބުނީ ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއިއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައި ވީ ނަމަވެސް އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއި އެކު ސާފު ފައިދާ ވަނީ އިތުރުވެފަ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ ތިންވަނަ ކުއާޓާގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނު އިރު، 8 އިންސައްތައިގެ ކުރިއެރުމަކާއެކު ތިންވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 168 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.

މިއަހަރުގެ ދެ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓު ދައްކާ ގޮތުގައި ހިއްސާއަކަށް ޖެހޭ އާމްދަނީ 149 ރުފިޔާ އެވެ.