އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗް ފަސޭހަކަމާ އެކީ ފޭދޫ ފާހި ސްޕޯޓްސް ކްލަބާ ވާދަކޮށް މަރަދޫ އެފްސީ ކާމިޔާބުކޮށްފި އެވެ.
މި މުބާރާތުގައި ދެވަނަ މެޗުގައި މަރަދޫ އެފްސީ އާއި ފާހި ބައްދަލު ކުރި މެޗު މަރަދޫ އެފްސީ ކާމިޔާބު ކުރީ 1-5 ގެ ނަތީޖާއިންނެވެ. މިއީ ގްރޫޕް ބީ ގެ ފުރަތަމަ މެޗެވެ. މިއާއެކީ މަރަދޫ އެފްސީ ވަނީ ގްރޫޕުގެ ފުރަތަމަ 3 ޕޮއިންޓް ޔަޤީންކޮށް ގްރޫޕުގެ އެއްވަނަ އަށް ޖެހިލައިފައެވެ.
ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު މި މެޗުގައި، ފާހިގެ ގޯލު މަރަދޫ ޓީމަށް ހުޅުވައި ދިނީ 18 ވަނަ މިނެޓުގައި މަރަދޫ ޓީމުގެ މުހައްމަދު އަޒާން އެވެ. މަރަދޫ ޓީމަށް ހިންދެމިލުމަށް ފުރުސަތު ލިބުނީ 22 ވަނަ މިނެޓުގައި އަޒާން ކާމިޔާބުކުރި ދެވަނަ ލަނޑާ އެކު އެވެ.
ޒުވާން ޓީމަކާ އެކު ކުޅެން ނުކުތް ފާހި ކޮޅަށް މި ހާފުގައި މަރަދޫ އިތުރު ދެ ލަނޑު ވަނީ ޖަހައިފަ އެވެ. އެގޮތުން އެ ޓީމުގެ މުހައްމަދު ސަހާއު އަލީ 26 ވަނަ މިނެޓުގައި އިތުރު މެޗުގެ 3 ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނެވެ. އަދި 36 ވަނަ މިނެޓުގައި މަރަދޫ ޓީމަށް ލީޑު 4 ވަނަ ލަނޑާއި އެކު އޭނާ ލީޑު ފުޅާ ކޮށްދިނެވެ. ފުރަތަމަ ހާފު ނިންމާލީ މަރަދޫ ޓީމު 0-4 ގެ ނަތިޖާއިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ފަހު ހާފުގައި މަރަދޫ ޓީމަށް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވި އެވެ. ނަމަވެސް އެންމެ އެކަށީގެންވާ ގޮތަށް މި ހާފުގައި އެ ފުރުސަތު ތަކުގެ ބޭނުން ނުހިފެ އެވެ.
ދެވަނަ ހާފުގައި މަރަދޫ ޓީމުގެ ގޯލު ފޫއަޅުވައި ފާހި ސްޕޯޓްސްއަށް ސްކޯގެ ފަރަޤު ކުޑަކޮށްދިނީ، 51 ވަނަ މިނެޓުގައި އެޓީމުގެ ހުސެއިން ޝާމިންއެވެ. ނަމަވެސް މަރަދޫ ޓީމުން ފާހި ސްޕޯޓްސް ހިފަހައްޓާ އިތުރު ލަނޑެއް ޖެހުމުގެ ފުރުސަތު ނުދެ އެވެ. އަދި ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ 5 މިނެޓު ދެއްކި އިރު، އެ ވަގުތު ތެރޭ މަރަދޫ ޓީމުގެ އިބްރާހިމް ނަޒްމީ އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދީ ދެ ޓީމުގެ ފަރަޤު އަނެއްކާވެސް ފުޅާކޮށްދިނެވެ. މިއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-5 ގެ ނަތީޖާއަކުން މަރަދޫ ޓީމު ކުރީގައި އޮވެގެންނެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މަރަދޫ ޓީމަށް ދެ ލަނޑު ކަމިޔާބު ކޮށްދިން މުހައްމަދު ސަހާއު އަލީ އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެ ސް ކުޅޭނެއެވެ. މިއަދު ހަވީރު 4:00 ގައި ފަށާ މުބާރާތުގެ ތިންވަނަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ އެފްސީ ބޭރުމައްޗާއި ފޭދޫ ސްޕޯޓްސް އެވެ. މި ވަގުތު މި ގްރޫޕުގެ އެއްވަނައިގައި މިވަގުތު 3 ޕޮއިންޓާ އެކު މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް އޮތީ ފޭދޫ ސްޕޯޓްސްއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.