އަންނަ މަހު ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕުން ޓިއުނީޝިއާ ބޭރުކުރަން ޖެހިދާނެކަމުގެ އިންޒާރު ފީފާ އިން ދީފި އެވެ.
މުބާރާތް ފަށަން ކުޑަތަން ވަމުން އަންނަ އިރު މިފަދަ އިންޒާރެއް އެ ގައުމަށް ދީފައި ވަނީ ޓިއުނީޝިއާގެ ފުޓްބޯލް ފެޑެރޭޝަން (ޓީއެފްއެފް) އަށް ސަރުކާރުން ނުފޫޒު ފޯރުވަމާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އެހެންވެ ފީފާ އިން ބުނީ އެކަން ބަލާނެ ކަމަށާއި އެފަދަ ކަމެއް ހިނގާކަން ސާބިތުވެއްޖެ ނަމަ ޓިއުނީޝިއާ ވޯލްޑް ކަޕުން ބޭރުކުރަން ޖެހިދާނެ ކަމަށެވެ.
ފީފާ އިން ޓީއެފްއެފް އަށް ފޮނުވި ސިޓީއެއްގައި ބުނީ ޓިއުނީޝިއާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމެލް ޑެގޫޗީ ފުޓްބޯޅައާ ގުޅުން ހުރި މަސައްކަތްކުރާ އިދާރާތަކަށް އިންޒާރުތަކެއް ދީ، ޓީއެފްއެފްގެ އިދާރީ ކަންކަމުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވައި ފީފާގެ އުސޫލުތަކާ ފުށޫއަރާ ގޮތަށް ފުޓްބޯޅައިގެ އުސޫލުތައް ގެންގުޅޭކަމުގެ ބެލެވޭ ކަމަށެވެ.
ފީފާ އިން ބުނީ އެތަނުގެ އެއްވެސް މެމްބަރު ގައުމަކަށް ސަރުކާރުގެ އަދި ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒުއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ހިނގާ ނަމަ އެ ގައުމަކާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ. ދާދި ފަހުން ފީފާ އިން ވަނީ ހަމަ މިފަދަ މައްސަލަތަކެއްހައި އިންޑިއާ އާއި ޒިމްބާބުވޭގެ އިތުން ކެންޔާ ސަސްޕެންޑްކޮށްފަ އެވެ.
🇹🇳👏 It's a sixth #WorldCup qualification for Tunisia!#WCQ | #WorldCup | @tunisiefootball pic.twitter.com/c4WVwe5QZT
— FIFA World Cup (@FIFAWorldCup) March 29, 2022
މި އަހަރުގެ ވޯލްޑް ކަޕަކީ އުތުރު އެމެރިކާ އަށް ނިސްބަތްވާ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވި ހަ ވަނަ ފަހަރެވެ. އެ ގައުމު ހިމެނެނީ ފްރާންސާއި އޮސްޓްރޭލިއާ އަދި ޑެންމާކް ހިމެނޭ ގްރޫޕް ޑީގަ އެވެ.
ވޯލްޑް ކަޕް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ. މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 20 އިން ޑިސެމްބަރު މަހުގެ 18 އާ ހަމައަށެވެ.