Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

"ރިވެލި ތަރި" މައުޒަރަށް މުއްދަތު އިތުރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރާ މަސައްކަތްތަކާއި އެ މީހުންގެ ހުނަރުތައް ދައްކައިލުމަށްޓަކައި ޖެންޑަ މިނިސްޓްރީން ބާއްވަން ނިންމި "ރިވެލި ތަރި" މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އަންނަ މަހުގެ 14 އާއި 15 ގައި ބާއްވަން ނިންމާފައިވާ މައުޒަރުގައު ބައިވެރިވާން ދިން މުއްދަތު ހަމަވީ އިއްޔެ އެވެ. ނަމަވެސް ޖެންޑް މިނިސްޓްރީން ބުނީ މިހާރު އެ މުއްދަތު އަންނަ މަހުގެ 6 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ބައިވެރިވާން އެދޭ ފޯމްމިނިސްޓްރީ އާއި އެތަނުގެ ދަށުން އަތޮޅު ތެރޭގައި ހިންގަމުން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުން www.gender.gov.mv ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

ޖެންޑަ މިނިސްޓްރީން ބުނި ގޮތުގައި "ރިވެލި ތަރި" މައުރަޒަށް ހުށަހަޅާ ތަކެތި ބަލައިގަންނަން އަންނަ މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގައެވެ. އަދި މިކަމާ ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މިނިސްޓްރީން ގުޅައި ގުޅުންހުރި މަޢުލޫމާތު ހިއްސަކުރާނެ ކަމަށް ވެސް ބުންޏެވެ.

މި މައުރަޒުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށް ދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.