Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރަން ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާކުންފުނި އެމްޓީސީސީން ބުނެފައިވަނީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް 30 އޮކްޓޯބަރ 2022 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، އިމާރާތް ކުރެވޭ ވޯރކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް އޭރިއާއަކީ 1461 އަކަ މީޓަރު، އަދި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރެވެ.

ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގެ ފަަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 26.07 މިލިއަން ރުފިޔާއެވެ.