Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ހޮޅުދޫ މަގުގައި ތާރުއަޅަން އާރްޑީސީއަށް

ނ. ހޮޅުދޫ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރްޑީސީއަށް ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއަށް މިމަސައްކަތް ހަވާލު ކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ޕްރޮޖެކްޓަށް 71.08 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.

މި މަޝްރޫއުގެ ދަށޫން 4.3 ކޮލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމު ކުރުމުގެ އިތުރުން މަގުތަކުގައި މަގު ބައްތިޖެހުން ހިމެނެއެެވެ.