Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ދެ ރަށެއްގެ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ހދ. ނޭކުރެންދޫ ބަނދަރު މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފިއެވެ.

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 220 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 15.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އިންނަމާދޫ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 45 މީޓަރުގެ 8 ޓީ-ގްރޮއިން ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން އިންނަމާދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށު ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން ހދ. ނޭކުރެންދޫ ބަނދަރު މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 47.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، 290 މީޓަރ ބްރޭކްވޯޓަރ ޖެހުމާއި، 76 މީޓަރ ޗެނަލް ބްރޭކްވޯޓަރ ޖެހުމާއި، 166 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމުގެ އިތުރުން 212 މީޓަރ އެއްގަމު ތޮށި ޖެހުމާއި 19 މަގު ބައްތި ހަރުކުރުން، އެކްސެސް ޕްލެޓްފޯމް އެޅުން އަދި 1859 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.