ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މަރުވި އިބްރާހީމް ރަޝީދު (މާޓީ) ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް މިއަދު ގޮނުވައިފި އެވެ.
ފުލުހުން ބުނީ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވީ މިއަދު ފަތިހު ކަމަށެވެ. މާޓީ، 43، ގެ ޕޯސްޓްޕޯޓަމް ހަދަން އާއިލާ އުން ދެކޮޅު ހެދި ނަމަވެސް އެކަން ކުރަން ފުލުހުން ނިންމީ އެ މަރާ ގުޅިގެން ފުލުހުންނަށް އަމާޒުވި ތުހުމަތުތަކާ ގުޅިގެންނެވެ.
މާޓީ މިދިޔަ އަންގާރަ ދުވަހު ފުލުހުން ހައްޔަރުކުރީ ގދ. ހޯނޑެއްދޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އޭނަ އާއި އިތުރު ބަޔަކު ހައްޔަރުކޮށް ފުލުހުންގެ ލޯންޗްގައި ގެންދަނިކޮށް މެޔަށް ތަދެއް އަރައިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައި ވަނީ މާޓީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.