މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ސިޓީ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސް ސޯލިހްގެ ސިޓީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ގެނައުމަށް އެދި މައްސަލަ ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގްއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ތޯރިގް ފޮނުވި ސިޓީގައި ވަނީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި ފުށުއެރުންތަކެއް ހުރިކަމަށްބުނެ ބައިނަލްއަޤްވާމީ ޓްރައިބަިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖެއިން ގަބޫލުކޮށް، މޮރިޝަންސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކޮށްފައެވެ.
ތޯރިގްގެ ސިޓީގައި ބުނެފައިވަނީ މިކަމުގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވާ ކަމަށެވެ. އެހެންކަމުން މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ފޮނުވިސިޓީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ގެނެސް އެ މައްސަލަ ބެލުމަށް ތޯރިގް ވަނީ އެދިފައެވެ.
ރާއްޖޭގެ ކަނޑުވިއްކާލި ސިއްރު ސިޓީ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިން. pic.twitter.com/NIHeVCGHCD
— Ahmed Thariq (@AhmedThaariq) October 31, 2022
ޗާގޯސްގެ މައްސަލައިގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މިކަމުގައި ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުންތައްވެސް ވަނީ އިތުރުވެފައެވެ.