Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ކުވެއިތު އެއާވޭސް އަލުން ރާއްޖެ އަށް

ކުވެއިތު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.

އެ އެއާލައުންގެ ދަތުރުތައް މިއަދު އަލުން ފެށުމާ ގުޅިގެން ކުވައިތު އެއާވޭސް އަށް މަރުހަބާ ކިޔަން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުވައިތު އެއާވޭސް ރާއްޖެ އަށް އަލުން އުދުހެން ފެށީ މީގެ ދެ އަހަރު ކުރިން ކޮވިޑާ ހެދި ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ. އަލުން ދަތުރުތައް ފެށުމާ އެކީ ދެން ހަފުތާއަކު ދެ ދަތުރު ރާއްޖެ އަށް ބާއްވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ މިދިޔަ މަހުގެ ނިޔަލަށް ކުވެއިތުން ރާއްޖެ އަށް 6،309 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ ކުވައިތުގެ 3،164 ޓޫރިސްޓުންނެވެ.