Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ޝަންގްރިއްލާގެ ހިއްސާ ބަދަލުކުރުމުގެ ފައިނަލް ރިޕޯޓް މިހަފުތާގައި ނިމޭނެ

މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޝަންގްރިއްލާގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ބަދަލުކުރުމުގެ ފައިނަލް ރިޕޯޓް މި ހަފުތާގައި ނިންމާލެވޭނެކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވަނީ ޝަންގްރިއްލާ ހުޅުވޭނެ ތާރީހަކާއި އެމަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އަދި އައްޑޫގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން ވެސް ސުވާލުކޮށްފައިވެއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވަނީ ޝަންގިރިއްލާ ހުޅުވުމަށް މަޖިލީހުން ކޮށްދެއްވާ މަސައްކަތަށް ޝުކުރުދަންނަވާފައެވެ. އަދި ވިދާޅުވީ ޝަންގިރިއްލާގެ ސަރުކާރު ހިއްސާވާ 30 އިންސައްތަ ބަދލުކުރުމުގެ ފޯމިއުލާ، ޤާނޫނަށް އިސްލާހު ގެނެސްގެން ހަދަންޖެހޭ މިނިވަން އިވެލުއޭޝަން ހަދާ ނިމިފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އެކަމުގެ ފައިނަލް ރިޕޯޓް ނިންމާލެވޭނެ ކަމަށް ފިނޭނަސް މިނިސްޓްރީން މައުލޫމާތުދޭ ކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އަދި މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމަށްޓަކަައި އެތަން ރެނަވޭޓްކޮށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ތަނުގެ މެނޭޖްމަންޓުން ބުނެފަވާ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ވަރަށް ފަހި މާހައުލެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ އިތުރު އެދުތައް ތަރައްގީ ކުރުމުގެ މަސައްކަތް އޭގެތެރެއިން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ އެކި ބައިނަލްއައްގާވާމީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދައިގެން ނުހެދި ހުރި ރަށްތައް ހެދުމުގައި އެކި މަޝްވަރާތައް ކުރިއަށްގެންދެވޭ ކަމަށާއި އަދި އެފަދަ ފައިނޭންސިންގެ ތެރެއިން ފެބްރުއަރީގައި ފްލައި ދުބާއި ފެށެންވާއިރަށް އެކަށީގެންވާ އެނދުތައް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.