Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތް: ރޮޒައިނާ

މެމްބަރު ރޮޒައިނާ އާދަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތް ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މެމްބަރު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމަށާއި، އެފެކްޝަނުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް އާ އެކު މަސައްކަތް ކުރާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެކަމަކީ މިހާރު ފޮރުވެން އޮތް ކަމެއްނޫން ކަމަށެވެ.

"ޕީޕީއެމް މެމްބަރުންލައްވާ ސަރުކާރާ ދެކޮޅަށް އިސްލާހުތަށް ހުށައަޅުއްވަނީ ކޮންބޭފުޅެއްކަން އިއްޔެގެ މަޖިލިސް ބަލާލި މީހަކަށްވެސް ސާފުވާނެ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ބަހުގެ ހަމަލާތަކެއް މަޖިލީހުގެ ރައިސް ނަޝީދުގެ ފެކްޝަންގެ މެމްބަރުންނަށް އަމާޒުކޮށްފައިވާއިރު، މިފަހުން ޗާގޯސްގެ މައްސަލައިގައިވެސް އެމްޑީޕީގެ ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ. އަދި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިންގަވާގޮތާ މެދު ނުހަނުބޮޑަށް ފާޑުވިދާޅުވެ މިފަހުން ރޮޒައިނާ މަޖިލީހުގައިވެސް ވާހަކަދައްކަވާފައިވެއެވެ.