Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އޮކްޓޯބަރުގައި އެކަނި ދޮޅު ލައްކަ ޓޫރިސްޓުން

މިދިޔަ މަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެ އަށް ދޮޅުލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރި، މުޅިން އަލަށް އޮކްޓޯބަރު 3 ގައި ގައުމީ ފަތުރުވެރިންގެ ދުވަސް ވެސް ފާހަގަކޮށްފައިވާ އިރު، އެ މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 153،600 އަށް ވުރެ ގިނަ ކަމަށެވެ. އަދި މިއީ ރެކޯޑެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް ވަބާގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރީ 137،488 ޓޫރިސްޓުންވެ. އަދި 2020 ގެ އޮކްޓޯބަރުގައި 20،492 ޓޫރިސްޓުން ޒިޔާރަތްކުރި އިރު، މިދިޔަ އަހަރުގެ އެ މަހުގެ ތެރޭގައި ޒިޔާރަތްކުރީ 136،298 ޓޫރިސްޓުންނެވެ.

އަދި މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އަށް ޓޫރިސްޓުންގެ ނިސްބަތަށް ބަލާ އިރު މިއީ ފާއިތުވި ތިން އަހަރުގެ އެ މަސްތަކުގައި ޓޫރިސްޓުން އައި ނިސްބަތަށް ބަލާއިރު 8 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރާއްޖޭން މި އަހަރު 1.6 މިލިއަން ޓޫރިސްޓުންނަށް އަމާޒު ހިފާފައިވާ އިރު، އެންމެ ގިނައިން މިހާރު ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. ގަދަ ތިނެއްގައި ދެން ހިމެނެނީ ރަޝިއާ އާއި އިނގިރޭސިވިލާތެވެ.